Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 21:18 - ކިތާބުލް މުޤައްދަސާ

18-19 ތަޅާފޮޅުމެއް ހިންގާއިރު މީހެއްގެ ގައިގައި ގަލަކުން ނުވަތަ ގޮށްމުށުން ޖެހުމުން އެމީހަކު މަރު ނުވާނަމަ އޭނާއަކަށް އަދަބެއް ދޭނެ ކަމެއް ނެތް. އެކަމަކު އެ ކަންތަކުގައި އަނެކާ އެނދުމަތިވެ އޮންނަން ޖެހިއްޖެނަމަ، އަދި ފަހުން އަސައެއްގެ އެހީގައި ހިނގާ ބިނގާ އުޅެވޭ ވަރުވެއްޖެނަމަ، އެމީހަކަށް އެ ބަލިވެ އޮތް މުއްދަތަށް އަގުދޭން ޖެހޭނެ. އަދި އެމީހާ މުޅިން ގަދަވަންދެން ޚަރަދުކުރަން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 21:18
8 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނުގެ ޚާދިމު ނިކަމެތި އަޅުގަނޑުގެ ތިބީ ދެކުދިން. އެދެކުދިން ހުސްބިމުގައި އެކަނި ތިބެގެން ތަޅާފޮޅަމުން ދިޔަ. އެކުދިން ދުރުކުރާނެ މީހަކު ނެތް. އެހެން އުޅެނިކޮށް އެއްކުއްޖަކު އަނެއްކުއްޖާގެ އަތުން މަރުވެއްޖެ.


އޭގެ އަނެއް ދުވަހު އެކަލޭގެފާނު އެތަނަށް ވަޑައިގެންނެވިއިރު ޢިބްރާނީންގެ ދެމީހަކު ތަޅާފޮޅަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މޫސާގެފާނު އެދެމީހުންގެ ތެރޭން ދެކޮޅުވެރިކަން ފެށިމީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ކީއްވެތަ އަމިއްލަ މީހެއް ގައިގައި ތިޔަ ތަޅަނީ؟⁠“


އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.


މީހަކު އޭނާގެ އަޅު އަންހެނާ ނުވަތަ އަޅު ފިރިހެނާގެ ގައިގައި ދަނޑިބުރިއަކުން ތެޅުމުގެ ސަބަބުން އޭން މީހަކު މަރުވެއްޖެނަމަ އެ ތެޅި މީހާއަށް އަދަބު ދޭން ޖެހޭނެ.


ދެމީހަކު ތަޅާފޮޅަނިކޮށް ބަލިވެއިން އަންހެނެއްގެ ގައިގައި ޖެހިގެން އޭނާ ދުވަސް ނުފުރައި ވިހައިފިނަމަ، އަދި އިތުރު އެހެން ގެއްލުމެއް ނުލިބުނަސް އޭނާގެ ފިރިމީހާ އެދޭވަރަކަށް ނުވަތަ ފަނޑިޔާރަށް ފެންނަވަރަކަށް ބަދަލު ދޭން ޖެހޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ