Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 21:16 - ކިތާބުލް މުޤައްދަސާ

16 ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 21:16
8 ပူးပေါင်းရင်းမြစ်များ  

ދެން އެ ގާފިލާ އެބައިމީހުންނާއި ކައިރިއަށް އައި ހިނދު ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުން ނަންގަވައި މިދްޔާން ވަންހައިގެ ވިޔަފާރިވެރިއަކަށް ވިހި ރިހިފައިސާ ފޮއްޗަށް އެކަލޭގެފާނު ވިއްކާލިއެވެ. ދެން މި ވިޔަފާރިވެރިޔާ އާއިއެކު ގާފިލާގައި އެކަލޭގެފާނު މިޞްރަށް ގެންދިޔައެވެ.


އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“


އެކަކު ވެސް ބައްޕައާއި މަންމަ ގައިގައި ޖަހައިފިނަމަ އެމީހަކަށް މަރު ގެ ޢުޤޫބާތް ދޭން ވާނެ.


މީހަކު ގެރިއެއް ނުވަތަ ހިމާރެއް ނުވަތަ ކަންބަޅިއެއް ވަގަށްނަގައިގެން އުޅެނިކޮށް އޭތި ދިރިއޮތްވާ ފެނިއްޖެނަމަ އޭގެ ވެރިމީހާއަށް އޭގެ ދެ ގުނަ ދޭން ޖެހޭނެ.


މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.


އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ