ނެރުއްވުން 21:13 - ކިތާބުލް މުޤައްދަސާ13 އެކަމަކު އެއީ ގަސްތަކާނުލައި، އަހަރެންގެ އިޒުނައާއެކު، ދިމާވިކަމެއް ނަމަ ތިމަން މާތްކަލާނގެ އޭނާއަށް ތަނެއް ދައްކައި ރައްކާތެރިކަމުގައި އުޅެވޭނެ ގޮތް ތަނަވަސް ކޮށްދޭނަން. အခန်းကိုကြည့်ပါ။ |
ކަލޭގެފާނުގެ ލޯފުޅުން ނޫންތޯ ތިޔަ ދެކެވަޑައިގަތީ އަޅުގަނޑުގެ އަތްދަށަށް މާތްރަސްކަލާނގެ ކަލޭގެފާނު ހޮހަޅައިގެ ތެރެއަށް ފޮނުއްވި ކަން. މީހުން އަޅުގަނޑުގެ ގާތު ބުނި ކަލޭގެފާނު އަވަހާރަކޮށްލާށޭ. އެކަމަކު އަޅުގަނޑު ކަލޭގެފާނަށް ރަޙުމުކުރީމެއް ނޫންތޯ؟ އަޅުގަނޑު ބުނިން ކަލޭގެފާނަކީ މާތްރަސްކަލާނގެ އައްޔަން ކުރައްވާފައި ހުރި ރަސްކަލެކޭ. އަޅުގަނޑުގެ ސާހިބާއާ އިދިކޮޅަށް އަތް ނުއުފުލާނަމޭ.
މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.