Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 20:5 - ކިތާބުލް މުޤައްދަސާ

5 ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 20:5
65 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“


އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.⁠“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.⁠“


އެމީހުން އަޅުކަން ކޮށްއުޅޭ އިލާހުންތަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ. އަދި އެމީހުން ކުރަމުން ދިޔަކަހަލަ ފާހިޝްކަންތައް ކަލޭމެން ކޮށްގެން ނުވާނެ. ކަލޭމެން ޖެހޭނީ އެމީހުންގެ ކަލާނގެތައް ނައްތާލާ އެމީހުންގެ ހިލައިގެ ތަނބުތައް ވެސް ފުނޑުފުނޑު ކޮށްލަން.


ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. އަހަރެން ފިޔަވައި އެހެން ކަލަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ.


އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފްރަތު ކުރާ މީހާ ލޯބި ކުރަނީ މަރަށެވެ.⁠“


އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށް އަދި އަޅުކަންކޮށްފިނަމަ މި ހުރިހާ ޤައުމުތަކުގެ ވެރިކަން ކަލޭގެފާނަށް އަހަރެން ދޭނަން.⁠“


”⁠މި ދުނިޔޭގެ މީހުން ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނަ ހިނދު ހަނދާން ކުރޭ، އެމީހުން އެންމެފުރަތަމަ ނަފްރަތުކޮށް ރުޅިއައީ އަހަރެން ދެކެ.


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


އެމީހާ ފެނިވަޑައިގަތުމުން އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު! މިމީހާއަކީ އުފަންވީ އިރު ވެސް ލޯ އަނދިރި މީހެއް. މި މީހާ އުފަންވީ އިރު ލޮލަށް ނުފެންނަނީ ކާކު ކުރި ފާފައެއްގެ ސަބަބުންތޯ؟ އެއީ އޭނާ ކުރި ފާފައަކާހެދިތޯ؟ ނޫނީ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބުންތޯ؟⁠“


އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ