ނެރުއްވުން 20:24 - ކިތާބުލް މުޤައްދަސާ24 ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ. အခန်းကိုကြည့်ပါ။ |
މިވާހަކަ މީހުން އައިސް ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”ޢޫބީދުގެ އަދޫމްގެ އާއިލާއަށާއީ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ފަޟުލުވަންތަކަން ލިބެމުން އެބަދޭ. އެއީ މާތްކަލާނގެ ފޮށިކޮޅު އެގޭގައި ހުންނާތީ.“ އެހެންވެ ދާއޫދުގެފާނު އުބައިދު އަދޫމުގެއަށް ވަޑައިގެން އެފޮށިކޮޅު އެގެއިން ނެރުއްވައިގެން ދާއޫދުގެ ސަހަރަށް ގެންދަވައިފިއެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް އުފާފުޅުންނެވެ.
ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.