ނެރުއްވުން 20:19 - ކިތާބުލް މުޤައްދަސާ19 އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!“ အခန်းကိုကြည့်ပါ။ |
ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.