Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 20:17 - ކިތާބުލް މުޤައްދަސާ

17 ކަލޭމެންގެ އަވަށްޓެރިޔާގެ ގޭގައިވާ ތަކެއްޗާމެދު ހަސަދަވެރިނުވާތި. ކަލޭމެންގެ އަވަށްޓެރިޔާގެ އަނބިމީހާއާއި އެގޭގައި ގެންގުޅޭ ފިރިހެން ނުވަތަ އަންހެން ޚާދިމާއި އޭނާ ގެންގުޅޭ ގެރިތަކާއި ހިމާރުތަކަށް ނުވަތަ އޭނާގެ މިލްކުގައިވާ އެއްވެސް އެއްޗަކަށް ދަހިވެތިވެގެން ނޫޅޭތި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 20:17
41 ပူးပေါင်းရင်းမြစ်များ  

އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.


އެބައިމީހުންގެ މި އެދުމާއި އެއްގޮތަށް އަހަރެމެން އަމަލު ކޮށްފިނަމަ އެބައިމީހުންގެ މިލްކުގައިވާ އެންމެހާ ނަޢަމްސޫތްޕާއި ޖަނަވާރުތަކެއް އަހަރެމެންގެ ތަކެތި ކަމުގައި ވާނެވެސްމެ. އެބައިމީހުންގެ އެދުމާއި އެއްގޮތަށް އަހަރެމެން އަމަލުކުރަމާ ހިނގާ. އޭރުން އެބައިމީހުން މިރަށުގައި ދިރިއުޅޭނެ.⁠“


ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.


މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.


އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


ދެން އެކަލޭގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠ދަހި މީހަކު ކަމުގައި ނުވެ އުޅެވޭތޯ ބަލާ. މީހަކު ކިތައްމެ ބޮޑު ފައިސާ ވެރިޔަކު ކަމުގައި ވެ އަދި އެމީހާޔަށް ގިނަ މުދާތައް ވާކަމުގެ ސަބަބުން އެމީހާއީ ފުރިހަމަ ޙަޔާތެއް ލިބިފައިވާ މީހަކަށް ނުވާނެ.⁠“


ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ.


އަހަރެން ދުވަހަކު ވެސް އެއްވެސް މީހެއްގެ ލާރިއަކަށް ނުވަތަ އެއްޗިއްސަށް އެދި ކަމެއް ނުކޮށްދެން.


އެ ބިމަކީ ކަލޭގެ އަމިއްލަ ބިމެއް. ވީއިރު އެބިން ވިއްކާލުމާއި ނުލުން ވަނީ ކަލޭގެ އިޚުތިޔާރުގަ. އަދި އެބިން ވިއްކާލާއިގެން ލިބުނު ލާރިއަކީ ވެސް ކަލޭ ބޭނުންގޮތަކަށް އެއިން ކަން ކުރުމަށް ވާ ކަލޭގެ އަމިއްލަ ފައިސާ. ވީއިރު ކަލޭ ތިޔަ ގޮތަށް ސިއްރުން ކަން ކުރުމުގެ ބޭނުމަކީ ކޮބައި؟ ކަލޭ ތިޔަ ދޮގުހެދީ އަހަރެމެންނަކަށް ނޫން. ކަލޭ ތިޔަ ދޮގުހެދީ މާތްރަސްކަލާނގެ ކިބަފުޅަށް.⁠“


ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.


އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“


ކަލޭގެފާނު މާތްރަސްކަލާނގެ އަށް ކިޔަމަން ނުވީ ކީއްވެ؟ ކަލޭގެފާނު ސިއްޙަތު ރަނގަޅު ޖަނަވާރުތައް މިތަނަށް ގެންނެވީ ކީއްވެ؟ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ ގޮތް ހެއްދެވީ ކީއްވެ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ