ނެރުއްވުން 20:16 - ކިތާބުލް މުޤައްދަސާ16 ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި. အခန်းကိုကြည့်ပါ။ |
އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.“
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.