Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 20:13 - ކިތާބުލް މުޤައްދަސާ

13 ކަލޭމެން ޙައްޤަކާނުލައި މީހުން ނުމަރާތި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 20:13
32 ပူးပေါင်းရင်းမြစ်များ  

”⁠މީހަކު މީހަކަށް ހަމަލަދީ ގަސްތުގައި މަރާލައިފިނަމަ އެމީހަކު މަރާލަން ޖެހޭނެ.


އެކަމަކު ގަސްތުގައި މީހަކު މަރައިފިނަމަ އެމީހާ ހިމާޔަތް އެދި އަހަރެންގެ އަޅުކަމުގެ މަޤާމަކަށް ގޮސް ވަނަސް، އެތަނަކުން ނެރެގެން ގޮސް އޭނާ މަރާލަން ވާނެ.


މީހަކު އޭނާގެ އަޅު އަންހެނާ ނުވަތަ އަޅު ފިރިހެނާގެ ގައިގައި ދަނޑިބުރިއަކުން ތެޅުމުގެ ސަބަބުން އޭން މީހަކު މަރުވެއްޖެނަމަ އެ ތެޅި މީހާއަށް އަދަބު ދޭން ޖެހޭނެ.


އެކަމަކު އެ ގެރިޔަކީ މީހުންނަށް ހަމަލަދީ އުޅޭ އެއްޗެއް ކަން ވެރިމީހާއަށް އިންޒާރު ދެވިފައިވާ އިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާ ހުއްޓާ އެގެރީގެ ހަމަލައަކުން މީހަކު މަރުވެއްޖެނަމަ ގެރި އާއެކު އޭގެވެރި މީހާ ވެސް މަރާލަން ޖެހޭނެ.


އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.


އެމީހުން ބުނެފާނެއެވެ. ”⁠އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!


އެމީހުން އެއްބައިވެގެން ގޮސް މީހަކު މަރާލައެވެ. އެކަމަކު އެންމެފަހުން އެމަޅީގައި ޖެހޭނީ ވެސް އެމީހުންނެވެ.


އެމީހާ ދެންނެވިއެވެ. ”⁠އެއީ ކޮން އަމުރުފުޅުތަކެއްތޯ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި.


މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް ތިބާއަށް ވެސް އެނގިގެންވޭ: މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ތިޔަބައިމީހުންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި. އަނެކުންގެ ޙައްޤުތަކަށް އަރައި ނުގަންނާތި. އަދި ތިޔަބައިމީހުންގެ މައިންބަފައިންނަށް ޤަދަރު ކުރާތި.⁠“


މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’⁠ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ޤަދަރު ކުރާށޭ.⁠‘⁠“


ނަމަވެސް އެވަގުތު ޕައުލް ހަޅޭއްލަވައިގަތެވެ. ”⁠ކަލޭގެ ހަށިގަނޑަށް އަނިޔާއެއް ނުދީ. އަހަރެމެން އެންމެން މި ތިބީ މިތާ. އެކަކު ވެސް މިތާކުން ނުދޭ.⁠“


އެތާނގައި ތިބި އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”⁠ޔަޤީންނޭ. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެކޭ. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަޤީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭއޭ.⁠“


އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.


އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ.


ހަމަ ޔަޤީން ވެސް އެ ޤާނޫނު އަހަރެމެންނަށް ދެއްވި ކަލާނގެ މިފަދައިން ވަޙީކުރައްވާފައިވެއެވެ. ”⁠ޒިނޭ ނުކުރާތި.⁠“ އަދި އެކަލާނގެ އެންގެވި ”⁠މީހުން ނުމަރާތި.⁠“ އެހެންވީމާ ކަލޭމެން ޒިނޭ ނުކޮށް އެހެނަސް މީހަކު މަރައިފި ކަމުގައި ވާނަމަ ކަލޭމެންނީ މާތްރަސްކަލާނގެ ޤާނޫނަށް އުރެދިގެންވާ ބައެއް މެއެވެ.


އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ