12 ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.
ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ.
އެކަކު ވެސް ބައްޕައާއި މަންމަ ގައިގައި ޖަހައިފިނަމަ އެމީހަކަށް މަރު ގެ ޢުޤޫބާތް ދޭން ވާނެ.
އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.
މައިންބަފައިންގެ ތަރުބިއްޔަތަށް ނުކިޔަމަންތެރިވާނީ މޮޔަ ދަރިންނެވެ. އިސްލާހުކުރުން ބަލައިގަންނާނީ ބުއްދިވެރި ދަރިންނެވެ.
ކާފަމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.
ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.
މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ.
ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ.
ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ.
ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.
މައިންބަފައިންނަށް ގަދަރު ކުރާތި. އަދި ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާތި.“
މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް ތިބާއަށް ވެސް އެނގިގެންވޭ: މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ތިޔަބައިމީހުންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި. އަނެކުންގެ ޙައްޤުތަކަށް އަރައި ނުގަންނާތި. އަދި ތިޔަބައިމީހުންގެ މައިންބަފައިންނަށް ޤަދަރު ކުރާތި.“
މޫސާގެފާނު ގެނެސް ދެއްވި މާތްރަސްކަލާނގެ އަމުރުފުޅުގައި ވަނީ: ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ.‘ އަދި ’އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.‘
މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ޤަދަރު ކުރާށޭ.‘“
މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.
ދަރިންނޭވެ! އަބަދުވެސް މައިންބަފައިންގެ ކިޔަމަނުގައި ވާށެވެ. މާތްސާހިބާ އެދިވަޑައިގަންނަވާ ގޮތަކީ އެއީއެވެ.
އަދި އެއަށް ފަހު ބޫޢަޒު މަސައްކަތް ކުރުމަށް އުޅުނު ތަނަށް ގޮސް ނުޢުމީ ބުނި ފަދައިން ކަންތައް ކުރިއެވެ.
ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.“