ނެރުއްވުން 20:11 - ކިތާބުލް މުޤައްދަސާ11 އެހެނީ އަހަރެން އުޑާއި ބިމާއި ކަނޑާއި އެތަނުގައި ވާހައި ތަކެއްޗެއް އުފެއްދީ ހަދުވަހުގެ ތެރޭގައި. އެކަމަކު ހަތްވަނަ ދުވަހު އަހަރެން ޗުއްޓީ ކުރީ. ހަތްވަނަ ދުވަހަކީ އަރާމުގެ ދުވަހެއްކަމުގައި ހަދައި އެދުވަސް މާތް ދުވަހަކަށް އަހަރެން ހެދީ އެހެންވެ. အခန်းကိုကြည့်ပါ။ |
”އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.
ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތުގެ ނަންފުޅުގައި އެ މަލާއިކަތާ ހުވައި ކުރެއްވިއެވެ. އެ ފަރާތަކީ އުޑުތަކާއި އަދި އެ އުޑުތަކުގައިވާހާ ތަކެއްޗާއި އަދި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކާއި އަދި ކަނޑާއި ކަނޑުގައިވާހާ ތަކެއްޗެއް ޚަލްޤު ކުރެއްވި ފަރާތެވެ. އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”އިތުރު އިންތިޒާރެއް ނުމެނެތްމެ!