ނެރުއްވުން 20:10 - ކިތާބުލް މުޤައްދަސާ10 އެކަމަކު ހަތްވަނަ ދުވަހަކީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ޚާއްސަކުރެވޭ ޗުއްޓީ ދުވަހެއް. އެދުވަހު ކަލޭމެންގެ ގޭގެ އެކަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކޮށްގެން ނުވާނެ. އެއީ ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެންދަރިންނާއި އަންހެން އަދި ފިރިހެން ޚާދިމުންނާއި ޖަނަވާރުތަކާއި ކަލޭމެންގެ ތެރޭގައި ތިބި ބީރައްޓެހިން ވެސް ހިމެނޭ ގޮތުގައި. အခန်းကိုကြည့်ပါ။ |
”ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’ސަބަތުގެ ދުވަސް ތިމަންކަލާނގެއަށްޓަކައި ޚާއްސަ ކުރާށޭ.‘ އެހެނީ ސަބަތުގެ ދުވަހަކީ ކަލޭމެންނާ ކަލޭމެންގެ ދަރިންގެ ދަރިންނާއި މިރިމިރީންނަށް ތިމަންކަލާނގެއާ ދެމެދު ކުރެވިފައިވާ ޢަހުދުނާމާގެ ހަނދާނުގައި ފާހަގަ ކުރެވޭ ދުވަހެއް. އެދުވަސް ކަލޭމެންނަށް ޚާއްސަ ކުރެވިފައި ވަނީ ތިމަންކަލާނގެ ކަލޭމެން މާތް ކޮށްފައި ވާކަން ދެނެގަތުމަށް.