8 ”ދޭ! ގޮވައިގެން އާދޭ.“ އެ ކަމަނާ ވިދާޅުވިއެވެ. ދެން އެކުއްޖާގެ ދައްތަ ދުވެފައި ގޮސް އެކުއްޖާގެ މަންމަ ގޮވައިގެން އަތުވެއްޖެއެވެ.
އެވަގުތު އެކުއްޖާގެ ދައްތަ އެތަނަށް އައިސް އެކަމަނާއަށް ދަންނަވައިފިއެވެ. ”ތިޔަކުއްޖާއަށް ބުއްދޭން ޢިބްރާނީ އަންހެނަކު ގޮވައިގެން އަންނަންތޯ؟“
”މިކުއްޖާ ގެންގޮސް ބުއް ދީ ގެންގުޅެ ބަލަހައްޓާ!“ ފިރުޢައުނުގެ ދަރިކަނބަލުން އެ އަންހެންމީހާ ގާތު ވިދާޅުވިއެވެ. ”އަހަރެން ކަލެއަށް އެކަމުގެ އަގު ދޭނަން.“ މިހެން އެކަމަނާ ވިދާޅުވުމުން އެ އަންހެން މީހާ އެކުއްޖާ ގެޔަށް ގެންގޮސް ގެންގުޅެން ފަށައިފިއެވެ.
ޢަމްރާމް ކައިވެނީކުރީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ ޔޫކާބަދުއާ އެވެ. އޭނާ ވިހެއި ދަރިންނަކީ ހާރޫން އާއި މޫސާއެވެ. އަމްރާމް ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.