Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:6 - ކިތާބުލް މުޤައްދަސާ

6 އެކަމަނާ އެ ވަށިގަނޑުގެ މަތި ނަންގަވައި ބެއްލެވި އިރު އޭގެ ތެރޭގައި ކުޑަކުޑަ ފިރިހެން ކުއްޖަކު އޮތްވާ ފެނި ވަޑައިގެންނެވިއެވެ. އޭރު އެ ކުއްޖާ ރޮނީއެވެ. އެހެންވެ އެކަމަނާގެ ހިތްޕުޅުގައި އެކުއްޖާގެ މައްޗަށް ކުލުނު އުފެދިއްޖެއެވެ. ”⁠މިވާނީ ޢިބްރާނީންގެ ދަރިއަކަށް.⁠“ އެކަމަނާ ވިދާޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:6
10 ပူးပေါင်းရင်းမြစ်များ  

ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.


އެވަގުތު އެކުއްޖާގެ ދައްތަ އެތަނަށް އައިސް އެކަމަނާއަށް ދަންނަވައިފިއެވެ. ”⁠ތިޔަކުއްޖާއަށް ބުއްދޭން ޢިބްރާނީ އަންހެނަކު ގޮވައިގެން އަންނަންތޯ؟⁠“


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


ނަމަވެސް ތިން މަސް ވުމުން އެމީހުންނަށް މަޖުބޫރު ވީ ރަސްގެފާނު އަމުރުކުރައްވާފައި ވާ ގަވާއިދާއި އެއްގޮތަށް ކަން ކުރުމަށް. މޫސާގެފާނު ބޭރަށް އެއްލާލެވުނު ހިނދު ރަސްގެފާނުގެ ދަރިކަނބަލުންނަށް އެކަލޭގެފާނު ފެނިވަޑައިގެން ގެންދެވި. އަދި އެ ކަމާނާގެ އަމިއްލަ ދަރިކަލަކު ފަދައިން އެކަލޭގެފާނު ބަލާ ބޮޑު ކުރެއްވި.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ