Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:5 - ކިތާބުލް މުޤައްދަސާ

5 އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:5
12 ပူးပေါင်းရင်းမြစ်များ  

އެކަމަނާ އެ ވަށިގަނޑުގެ މަތި ނަންގަވައި ބެއްލެވި އިރު އޭގެ ތެރޭގައި ކުޑަކުޑަ ފިރިހެން ކުއްޖަކު އޮތްވާ ފެނި ވަޑައިގެންނެވިއެވެ. އޭރު އެ ކުއްޖާ ރޮނީއެވެ. އެހެންވެ އެކަމަނާގެ ހިތްޕުޅުގައި އެކުއްޖާގެ މައްޗަށް ކުލުނު އުފެދިއްޖެއެވެ. ”⁠މިވާނީ ޢިބްރާނީންގެ ދަރިއަކަށް.⁠“ އެކަމަނާ ވިދާޅުވިއެވެ.


ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.


އެ ހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.


ނަމަވެސް ތިން މަސް ވުމުން އެމީހުންނަށް މަޖުބޫރު ވީ ރަސްގެފާނު އަމުރުކުރައްވާފައި ވާ ގަވާއިދާއި އެއްގޮތަށް ކަން ކުރުމަށް. މޫސާގެފާނު ބޭރަށް އެއްލާލެވުނު ހިނދު ރަސްގެފާނުގެ ދަރިކަނބަލުންނަށް އެކަލޭގެފާނު ފެނިވަޑައިގެން ގެންދެވި. އަދި އެ ކަމާނާގެ އަމިއްލަ ދަރިކަލަކު ފަދައިން އެކަލޭގެފާނު ބަލާ ބޮޑު ކުރެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ