Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:3 - ކިތާބުލް މުޤައްދަސާ

3 ނަމަވެސް އެ ގޮތަށް އެކުއްޖާ ފޮރުވައިގެން މާ ގިނަ ދުވަހަކު ނުގެންގުޅެވޭނެކަން އެނގުމުން އޭނާ ވިނަ ދަނޑިން ހަދާފައިވާ ވަށިގަނޑެއް ގެނެސް އޭގައި ތާރާއި ކަތުރާން ހާކައި ފެން ނުވަންނާނެހެން ހަދައިފިއެވެ. ދެން އޭނާ އެ ވަށިގަނޑަށް އެކުއްޖާ ލުމަށް ފަހު ނީލަކޯރު އައްސޭރީގައި ހެދިފައިހުރި ދިގު ވިނަގަސްތަކުގެ ތެރެއަށް ބައްސާލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:3
10 ပူးပေါင်းရင်းမြစ်များ  

އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ދެން ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.⁠“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ.


މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ.


ފަހެ ނޫޙު، ޖުފްރި ގަހުގެ ލަކުޑިން ނަވެއް ބަނދޭ. އެނަވުގައި ކޮޓަރިތަކެއް ހަދާ، އަދި އެނަވުގެ ބޭރާއި އެތެރެފަރާތުގައި ކަތުރާން އުނގުޅާ.⁠“


ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“


އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.


އެ ރަސްގެފާނަކީ މަކަރުވެރި ހީލަތްތެރި ރަސްކަލަކު ކަމުގައިވި. އަދި އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނާއި މެދު ވަރަށް އަނިޔާވެރިކަމާއި އެކު ކަން ކުރަމުން ގެންދިޔަ. އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނަށް އެމީހުންނަށް ލިބޭ ދަރިން ހަމަވިހެއުމާއި އެކު ބޭރަށް އެއްލާލާ މަރުވުމަށް ދޫކޮށްލުމަށް ވެސް އަންގާ މަޖުބޫރު ކުރި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ