Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:23 - ކިތާބުލް މުޤައްދަސާ

23 އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:23
31 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.


މޫސާގެފާނު ވަޑައިގެން މިދްޔާނުގައި ހުންނަވަނިކޮށް މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވެއެވެ. ”⁠މިޞްރަށް އެނބުރި ދޭ. އެހެނީ އެރަށުގައި ކަލޭ މަރާލަން އުޅުނު އެންމެން މިހާރު މަރުވެއްޖެ.⁠“


މިހާރު ބަނީއިސްރާއީލުން އެތިބީ މިޞްރުގެ އަޅުވެތިކަމުގެ ދަށުގައި. އެމީހުން ރޯ ރުއިމުގެ އަޑު އަހަރެން މިދަނީ އަހަމުން. އަހަރެން ކުރި ޢަހުދުނާމާގެ މަތިން ހަނދުމައެއް ނުނައްތަން.


މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.


އޭރު މޫސާގެފާނުގެ އުމުރުފުޅުން 80 އަހަރެވެ. ހާރޫނުގެފާނުގެ އުމުރުފުޅުން 83 އަހަރެވެ.


މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި.


އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި.


”⁠މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ