Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:22 - ކިތާބުލް މުޤައްދަސާ

22 ދެން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ލިބި ވަޑައިގަތުމުން އެކަލޭގެފާނު އެ ދަރިކަލުންނަށް ޖަރުޝޫމުގެ ނަމުން ނަން ދެއްވިއެވެ. އެނަން ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ”⁠އަހަރެން މީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސަކީމު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:22
15 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.⁠“


ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“


ބީރައްޓެހިންނާ މެދު އިހާނެތިކޮށް ހިތައި ހިތުގަޖައްސައި ހަދައިގެން ނުވާނެ. ކަލޭމެން ހަނދާން ކުރަން ޖެހޭނެ، ޚުދު ކަލޭމެން މިޞްރުގެ ބިމުގައި އުޅުނީ ވެސް ބީރައްޓެހިންގެ ގޮތުގައި ކަން.


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.


މޫސާގެފާނަށް މި ބަހުގެ އަޑު އިވިވަޑައިގެން މިޞްރު ދޫކޮށް މިދްޔާން އޭ ކިޔުނު ރަށުގައި ބީރައްޓެއްސެގެ ގޮތުގައި ވަޒަންވެރިވެ ދިރިއުޅުއްވި. އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން އުފަންވީ އެ ރަށުގަ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ