Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:21 - ކިތާބުލް މުޤައްދަސާ

21 ދެން އެގޭގައި ހުންނެވުމަށް ރަޢޫއީލު މޫސާގެފާނަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާ ގެ އަންހެންދަރި ސޮފޫރާ ވެސް އެކަލޭގެފާނާއި ކައިވެނި ކުރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:21
15 ပူးပေါင်းရင်းမြစ်များ  

ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“


ރަޢޫއީލު ބުންޏެވެ. ”⁠މިހާރު އެމީހާ ކޮބައިތަ؟ ކަލޭމެން އޭނާ އެތަނަށް ދޫކޮށްލާފަ އައީ ކީއްވެތަ؟ ދޭ ގޮސް އޭނާ ގޮވައިގެން އާދޭ އަހަރެމެންނާ އެކީ ކެއުމުގައި ބައިވެރިވާން.⁠“


އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.⁠“ ”⁠ސަލާމަތް ކަމާއެކު ދޭ!⁠“ ޔަޘްރޫ ބުންޏެވެ.


މޫސާގެފާނަށް މި ބަހުގެ އަޑު އިވިވަޑައިގެން މިޞްރު ދޫކޮށް މިދްޔާން އޭ ކިޔުނު ރަށުގައި ބީރައްޓެއްސެގެ ގޮތުގައި ވަޒަންވެރިވެ ދިރިއުޅުއްވި. އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން އުފަންވީ އެ ރަށުގަ.


ދީނަކީ ރޫޙާނީ ހިތްހަމަޖެހުމާއެކު ކުރެވޭ ކަމެއް ނަމަ މުއްސަނދިކަން ވެސް ގެނެސްދޭ އެއްޗެއް މެއެވެ.


އެހެންނޫންނަމަ ފާފައިގެ ވަގުތީ އުފާ ހޯދުމުގައި ދުވަސްތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި، މާތްރަސްކަލާނގެ މީހުންނާއެކު ދަތިހާލުގައި އުޅުއްވުމަށް އެކަލޭގެފާނު ޚިޔާރު ނުކުރެއްވީހެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


ނަމަވެސް މުއްސަނދިކަމުގައިވާ ފަރާތްތައް ފަޚުރުވެރިވާންވީ މާތްރަސްކަލާނގެ އެމީހުންގެ ހިތްތިރިކުރެއްވި ކަމަށްޓަކައެވެ. އެހެނީ މުއްސަނދިން ނެތިގެން ދަނީ ގަހުގައި އިންނަ މައު މިލައި މޯޅިވެދާ ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ