Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:20 - ކިތާބުލް މުޤައްދަސާ

20 ރަޢޫއީލު ބުންޏެވެ. ”⁠މިހާރު އެމީހާ ކޮބައިތަ؟ ކަލޭމެން އޭނާ އެތަނަށް ދޫކޮށްލާފަ އައީ ކީއްވެތަ؟ ދޭ ގޮސް އޭނާ ގޮވައިގެން އާދޭ އަހަރެމެންނާ އެކީ ކެއުމުގައި ބައިވެރިވާން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:20
12 ပူးပေါင်းရင်းမြစ်များ  

ތިޔަ ބޭކަލުން ފަރީއްކުޅުވުމަށް މިއަޅާ ފަރިއްކޮޅެއް އެބަ ގެންނަމު. އޭރުން ތިޔަ ބޭކަލުންގެ ދަތުރު ނިންމަވާލެއްވުމަށް ގަޔަށް ހަކަތަ ލިބިލައްވާނެ. ތިޔަ ބޭކަލުން މިއަޅާގެ ގެއަށް ޒިޔާރަތް ކުރައްވައި އަދި ތިޔަބޭކަލުންނަށް ޚިދުމަތް ކުރުމަށް މިއަޅާއަށް ފުރުސަތެއް ލިބުމަކީ މިއަޅާއަށް ލިބިދޭ ޝަރަފެއް.⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ތިޔަ ހުށެހެޅުން އަޅުގަނޑުމެން ޝުކުރުވެރިކަމާއިއެކު ގަބޫލުކޮށްފިން.⁠“


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.


ދެން އެއަށް ފަހު، ޔޫސުފުގެފާނު މެންދުރު ވަޑައިގަތުމުގެ ކުރިން އެބައިމީހުން އެކަލޭގެފާނަށް އެރުވުމަށްޓަކައި ގެނައި ހަދިޔާތައް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ފަރިއްކޮޅު އެބައިމީހުން އެ ގަނޑުވަރުގައި އެކަލޭގެފާނާއި އެކުގައި ކުރަން ހަމަޖެހިފައިވާކަން އެބައިމީހުން އަހާފައިވާތީއެވެ.


އެކުދިން ބުންޏެވެ. ”⁠އެތާހުރި މިޞްރު މީހަކު އެ ހުއިހައްޕާ މީހުންގެ ކިބައިން އަހަރެމެން ސަލާމަތް ކޮށްދިނީ. އަދި އަހަރެމެންނަށް ފެންފުރައިދީ ބަކަރިތަކަށް ފެން ދީހެދީވެސް އޭނާ.⁠“


ދެން އެގޭގައި ހުންނެވުމަށް ރަޢޫއީލު މޫސާގެފާނަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާ ގެ އަންހެންދަރި ސޮފޫރާ ވެސް އެކަލޭގެފާނާއި ކައިވެނި ކުރުވިއެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ