2 ދެން އެ އަންހެން މީހާ ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހެއެވެ. އޭނާއަށް އެކުއްޖާގެ ފުރިހަމަކަން ފެނުމުން އެކުއްޖާ ފޮރުވައިގެން ތިން މަސް ދުވަހު ގެންގުޅެފިއެވެ.
ޢަމްރާމް ކައިވެނީކުރީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ ޔޫކާބަދުއާ އެވެ. އޭނާ ވިހެއި ދަރިންނަކީ ހާރޫން އާއި މޫސާއެވެ. އަމްރާމް ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.
މޫސާގެފާނު ވެސް އުފަންވީ މި ދުވަސްވަރު. އެކަލޭގެފާނު ވީ ވަރަށް ވެސް ރީތި ކުއްޖަކު ކަމުގަ. އެކަލޭގެފާނުގެ މައިންބަފައިން ތިން މަސް ވަންދެން އެކަލޭގެފާނު ބެލެހެއްޓި.
މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.
ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.“