Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:17 - ކިތާބުލް މުޤައްދަސާ

17 އެކަމަކު އެހެން ހުއިހައްޕާ ބަޔަކު އައިސް އެކުދިން ފައްސާލައިފިއެވެ. މިތަން ފެނިވަޑައިގެން މޫސާގެފާނު އެ ހުއިހައްޕާ މީހުންގެ ކިބައިން އެކުދިން ސަލާމަތް ކުރައްވައިފިއެވެ. އަދި އެކަލޭގެފާނު އެކުދިންގެ ކަންބަޅިބަކަރިތަކަށް ފެން ވެސް ދެއްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:17
5 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެކަލޭގެފާނުގެ ޚާދިމުންގެ އަތުން އަބީމާލިކުގެ ޚާދިމުން ނުޙައްޤުން އަތުލައިގަނެފައިވާ ވަޅަކާއި ބެހޭގޮތުން އިބްރާހީމްގެފާނު އަބީމާލިކުއަށް ޝަކުވާ އުފުއްލެވިއެވެ.


ޔަޢުޤޫބުގެފާނަށް ލަބާންގެ އަންހެން ދަރިފުޅު ރާޙީލް އާއި އެކަލޭގެފާނުގެ ބޮޑުބޭބެ، ލަބާންގެ ކަންބަޅިތައް ފެނިވަޑައިގެންނެވި ހިނދު، ވަޅުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި ވަޅުގެ އަނގަމަތީގައިވާ ހިލަ އެއްފަރާތް ކުރައްވައި ލަބާންގެ ކަންބަޅިތަކަށް ފެންދެއްވިއެވެ.


ހުރިހާ ކަންބަޅިތައް އެތަނަށް ޖަމާވުމުން ވަޅުގެ އަނގަ މަތީގައިވާ ހިލަ ބަކަރިގޮވިން އެއްފަރާތްކޮށް ކަންބަޅިތަކަށް ފެންދެއެވެ. އަދި ހުރިހާ ކަންބަޅިތަކަށް ފެންދިނުމަށް ފަހު އިހުނެކޭ އެއްގޮތަށް ވަޅުގެ އަނގަމަތީގައި އެމީހުން އެހިލަ ބާއްވައެވެ.


މޫސާގެފާނު ދެކޮޅު ހޯދާ ބައްލަވާފައި މީހަކު ފެންނަން ނެތްކަން އެނގިވަޑައިގަތުމުން އެ މިޞްރު މީހާއަށް ހަމަލާދީ މަރާލައްވައިފިއެވެ. ދެން އެކަލޭގެފާނު އޭނާ ވެލިގަނޑުގައި ވަޅުލައްވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ