Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:15 - ކިތާބުލް މުޤައްދަސާ

15 ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު އެރަށަށް ވަޑައިގެން އެތާ ހުރި ވަޅެއްގެ ކާރީގައި އިށީނދެވަޑައިގެން އިންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:15
17 ပူးပေါင်းရင်းမြစ်များ  

އޭނާ އެތަކެއް ދުވަހު ދަތުރު ކުރަމުންގޮސް ހަވީރު ވަގުތެއްގައި އެ ސަހަރުގެ ރަށްބޭރުގައިވާ ވަޅުގެ ކައިރިއަށް ފޯރައިފިއެވެ. ދެން އޭނާގެ ޖަމަލުތައް ވަޅުގެ ކައިރީ އެއްފަރާތުގައި ބަނޑު ޖައްސުވައިގެން ހުއްޓެވެ. އެވަގުތަކީ ސަހަރުގެ ފުރާވަރުގެ އަންހެންކުދިންތައް އެ ވަޅުގެ ކައިރިއަށް ފެންބަލާ އަންނަ ވަގުތު ވެސް މެއެވެ.


އަދި އެ ދެކަނބަލުންނަށް ހަ ފިރިހެން ދަރިން ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންނަކީ: ޒިމްރާން، ޔަޤްޝާން، މަދާން، މިދްޔާން، ޔަޝްބާޤް އަދި ޝޫޙާއެވެ.


މީގެ އިތުރުން މިދްޔާންއަށް ވެސް ފަސް ދަރިން ލިބުނެވެ. އެ ދަރިންނަކީ: ޢީފަތު، ޢިފްރު، ޙަނޫކު، އަބީދާޢު، އަދި އަލްދަޢަތުއެވެ. މިހުރިހާ ބޭފުޅުންނަކީ ޤަޠޫރަތުގެ ދަރިފަސްކޮޅެވެ.


އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިނު އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ.


ދެވަނަ ދަރިފުޅު އަލީއާޒަރުއަށް އެކަލޭގެފާނު އެނަން ދެއްވަމުން ވިދާޅުވީ ”⁠އަހަރެންނަށް ނަސްރު ދެއްވަނީ އަހަރެންގެ ކާބަފައިންގެ އިލާހު؛ އެކަލާނގެ ވަނީ ފިރުޢައުނުގެ ކަނޑިދަށުން އަހަރެން މިންޖު ކުރައްވާފައި.⁠“


މޫސާގެފާނު ވަޑައިގެން މިދްޔާނުގައި ހުންނަވަނިކޮށް މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވެއެވެ. ”⁠މިޞްރަށް އެނބުރި ދޭ. އެހެނީ އެރަށުގައި ކަލޭ މަރާލަން އުޅުނު އެންމެން މިހާރު މަރުވެއްޖެ.⁠“


ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.


ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


ޔަޢުޤޫބުގެފާނު ބެހެއްޓެވި ވަޅު ވެސް އެތާނގައިވިއެވެ. އީސާގެފާނު ދަތުރު ވަރުބަލިފުޅު ވެފައި ހުންނެވުމުގެ ސަބަބުން އެ ވަޅުގެ ކައިރީގައި އިށީނދެ ވަޑައިގެންނެވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ބާރަ ޖަހާފާނެއެވެ.


މޫސާގެފާނަށް މި ބަހުގެ އަޑު އިވިވަޑައިގެން މިޞްރު ދޫކޮށް މިދްޔާން އޭ ކިޔުނު ރަށުގައި ބީރައްޓެއްސެގެ ގޮތުގައި ވަޒަންވެރިވެ ދިރިއުޅުއްވި. އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން އުފަންވީ އެ ރަށުގަ.


މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ. ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ. ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ