Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:14 - ކިތާބުލް މުޤައްދަސާ

14 އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:14
17 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.


އެމީހުން ބުންޏެވެ. ”⁠އަދި މީކާކުތަ؟ މީނާ މިއީ މިރަށަށް އައިސް ވަޒަންވެރި ވެގެން އުޅޭ ބިދޭސީއެއް. އެކަމަކު މިހާރު މީނާ އަހަރެމެންނަށް ކަންތައްކުރަންވީ ގޮތް ކިޔާދޭން އެބައުޅެއެންނު. އަހަރެމެން އަދި ކަލެއަށް ހަދާނީ މިމީހުންނަށް ވުރެން ވެސް ނުބައިގޮތެއް.⁠“ އެހެން ބުނެފަ އެމީހުން ލޫޠުގެފާނު ކޮއްޕާލައި ދޮރު ހަލާކުކޮށްލަން އުޅުނެވެ.


މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނުގެ ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މި ގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”⁠މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ތިޔަދެކަލުންގެ ދެމެދުގައި އިންސާފު ކުރާ އަދި މުދާ ބަހާ ގާޒީ އެއް ކަމުގައި ޢައްޔަން ކުރީ ކާކު؟⁠“


އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.


އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“


މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’⁠ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟⁠‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.


މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ. ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ. ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ