Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:11 - ކިތާބުލް މުޤައްދަސާ

11 އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:11
13 ပူးပေါင်းရင်းမြစ်များ  

އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުން ގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”⁠ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟⁠“


ރަސްގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އެ މީހުންގެ މަސައްކަތަށް ހުރަސް އަޅަނީ ކީއްވެ؟ އެ އެމީހުން މަސައްކަތް ކުރިޔަދީ!


ނިކަން ބަލާބަލަ، ކަލޭމެންގެ މީހުން މިޞްރު މީހުންނަށް ވުރެން ގިނަ. އެކަމަކު ކަލޭމެން ތިޔަ އުޅެނީ އެމީހުން މަސައްކަތް ކުރިޔަ ނުދޭންތަ؟⁠“


އެމީހުންނަށް ރަނގަޅަށް މަސައްކަތް ޖައްސާ. އޭރުން އެމީހުންގެ ގާތަށް މިމީހުން އައިސް ދައްކާ ދޮގުވާހަކަތައް އަޑުއަހާކަށް ވަގުތެއް ނޯންނާނެ.⁠“


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.


”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ