Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 2:10 - ކިތާބުލް މުޤައްދަސާ

10 ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 2:10
11 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.


އެފަދަ ގަދަފަދަ ކަމާއެކު އެކަލާނގެ މިއަޅާއަށް އެހީތެރިވުމަށް ތިރިއަށް ފައިބައި ވޮޑިގެންނެވިއެވެ. އެކަލާނގެ ފުން ކަނޑުގެ އަޑިން މިއަޅާ ނަންގަވައި އުފުއްލެވިއެވެ.


”⁠މިކުއްޖާ ގެންގޮސް ބުއް ދީ ގެންގުޅެ ބަލަހައްޓާ!⁠“ ފިރުޢައުނުގެ ދަރިކަނބަލުން އެ އަންހެންމީހާ ގާތު ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް އެކަމުގެ އަގު ދޭނަން.⁠“ މިހެން އެކަމަނާ ވިދާޅުވުމުން އެ އަންހެން މީހާ އެކުއްޖާ ގެޔަށް ގެންގޮސް ގެންގުޅެން ފަށައިފިއެވެ.


އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


މާތްރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީ، އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި އަހަރެމެން އަޅުވެތިވެފައި ވަނިކޮށް، އަގުދައްކަވައި އަހަރެމެން މިނިވަން ކުރެއްވުމަށެވެ. އެއީ އެގޮތުން އަހަރެމެން އެކަލާނގެ ދަރިންކަމުގައި ހެއްދެވުމަށެވެ.


މޫސާގެފާނު ބޮޑުފުޅުވުމުން ރަސްގެފާނުގެ ދަރިކަނބަލުންގެ ދަރިކަލެއްގެ ގޮތުގައި ހުންނެވުމަށް އިޢުތިރާޒް ކުރެއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުންނެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ