ނެރުއްވުން 19:9 - ކިތާބުލް މުޤައްދަސާ9 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުން ދާނެ.“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.