Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:8 - ކިތާބުލް މުޤައްދަސާ

8 އެވަގުތު އެންމެން އެއް އަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އަންގަވާ ހުރިހާ އެންގެވުންތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރާނަން.⁠“ އެމީހުންގެ މި ބަސްތައް މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:8
9 ပူးပေါင်းရင်းမြစ်များ  

އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!⁠“


ދެން މޫސާގެފާނު ވަޑައިގެން މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް އެމީހުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ދެން އެމީހުން އެއްއަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ އަމުރުފުޅަކަށް އަހަރެމެން ބޯލަނބައި ކިޔަމަން ގަންނާނަން.⁠“


ދެން ޢަހުދުނާމާ ފަތްކޮޅު ނަންގަވައި އެކަލޭގެފާނު ހަރު އަޑުފުޅުން އެމީހުންނަށް ވިދާޅުވެ ދެއްވިއެވެ. އަނެއްކާވެސް އެމީހުން އިޖާބަ ދިނެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ ކަމެއް އެގޮތަކަށް އަޅުގަނޑުމެން ކުރާނަން.⁠“


ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ