Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:6 - ކިތާބުލް މުޤައްދަސާ

6 ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.⁠‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:6
37 ပူးပေါင်းရင်းမြစ်များ  

އެކަލާނގެ އެންގެވިއެވެ. ”⁠ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.⁠“


ކަލޭމެން ވާން ޖެހޭނީ އަހަރެންނަށް ނިސްބަތްވެގެންވާ މާތް މީހުން ކަމުގައި. އެހެންކަމުން އެހެން ޖަނަވާރެއް މަރައި ނޮޅައި ހަދާފައިވާ އެއްޗެއް ކަލޭމެން ކައިހަދައިގެންނުވާނެ. އެއެއްޗެއް ކުއްތާތަކަށް ކާން ދީ.⁠“


ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’⁠މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި⁠‘.


އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.


އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


އަދި އެކަލޭގެފާނުގެ ރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ޚިދުމަތުގައިވާ އިމާމުންގެ ރަސްކަންފުޅެއް ކަމުގައި އެކަލޭގެފާނު އަހަރެމެން އައްޔަން ކުރެއްވިއެވެ. އީސާ އަލްމަސީޙަށް ޖަލާލަތާއި ބާރު އަބަދުގެ އަބަދަށް ދެއްވާށިއެވެ! އާމީން.


މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރައްވާ އިމާމުންގެ ރަސްކަމެއް ކަމުގައި ކަލޭގެފާނު އެބައިމީހުން ހައްދަވައިފީމު. އަދި އެބައިމީހުން ދުނިޔޭގައި ވެރިކަން ހިންގާނެ ވެސްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ