Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:5 - ކިތާބުލް މުޤައްދަސާ

5 ވީމާ ކަލޭމެން ތިމަންކަލާނގެއަށް ކިޔަމަންވެ ތިމަންކަލާނގެއާ އެކު ކުރެވިފައިވާ ޢަހުދުނާމާއަށް ރައްކާތެރިވާނަމަ، ހުރިހާ ޤައުމުތަކެއްގެ ތެރޭން ކަލޭމެން ވާހުށީ ތިމަންކަލާނގެއަށް ޚާއްސަ ކުރެވިފައިވީ ޚަޒާނާ ކަމުގައޭ. މުޅި މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިޔަކީ ތިމަން ކަލާނގެ ކަމުގައި ވިޔަސް،

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:5
54 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ހުރިހާ ޖީލުތަކެއްގެ މީހުން ތިމަންކަލާނގެ އާއިއެކު ވެވިފައިވާ ޢަހުދުނާމާއަށް އިޙްތިރާމް ކުރަންޖެހޭނެ.


އެކަލާނގެ އެންގެވިއެވެ. ”⁠ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.⁠“


އެކަމަކު ކަލޭމެން ފަރުވާތެރިކަމާއެކު އަހަރެން އަންގާގޮތް ހަދައި. އެ މަލާއިކަތާއަށް ކިޔަމަންތެރިވާނަމަ، އަހަރެން ކަލޭމެންގެ އަދާވާތްތެރިންނާ ދެކޮޅަށް ހަނގުރާމަ ކޮށްދޭނަން.


ދެން ޢަހުދުނާމާ ފަތްކޮޅު ނަންގަވައި އެކަލޭގެފާނު ހަރު އަޑުފުޅުން އެމީހުންނަށް ވިދާޅުވެ ދެއްވިއެވެ. އަނެއްކާވެސް އެމީހުން އިޖާބަ ދިނެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ ކަމެއް އެގޮތަކަށް އަޅުގަނޑުމެން ކުރާނަން.⁠“


އެކަލޭގެފާނު ދެންނެވިއެވެ. ”⁠އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!⁠“


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


”⁠އެންމެ ރަނގަޅު.⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު މިތަނުން ނުކުމެގެން ދާއިރު އަޅުގަނޑުގެ އަތް އުފުލައި މާތްރަސްކަލާނގެއަށް ދުޢާ ދަންނަވާނަން. އޭރުން މިތޫފާން ހުއްޓިދާނެ. އަދި އޭރުން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެ މި ދުނިޔޭގެ ވެރިއަކީ މާތްރަސްކަލާނގެ ކަން.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.


އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ. އެ ޢަހުދުނާމާއަށް އެމީހުން ވަފާތެރިކަން މަތީ ދެމިއެއް ނުތިއްބެވެ. އެހެންކަމުން ތިމަންކަލާނގެ އެމީހުންނަށް ފުރަގަސްދެއްވީއެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ