Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:3 - ކިތާބުލް މުޤައްދަސާ

3 ދެން މޫސާގެފާނު މާތްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”⁠އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:3
12 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ޠޫރުސީނާގެ ކުންނުމައްޗަށް ފައިބާ ވަޑައިގެން މޫސާގެފާނު އަރައި ވަޑައިގަތުމަށް ވަޙީ ކުރެއްވިއެވެ. އެހެންވެ މޫސާގެފާނު ފަރުބަދައިގެ ކުންނަށް އަރާ ވަޑައިގެންނެވިއެވެ.


ދެން އެމީހުން ބިރުން ކައިރިވާން ނުކެރިފައި ތިއްބާ، މާތްކަލާނގެ ވޮޑިގެން ވާ ކަޅުވިލާގަނޑުގެ ތެރެއަށް، މޫސާގެފާނު ވެދެ ވަޑައިގެންފިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”⁠ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.⁠“


އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ.


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“


މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”⁠މޫސާ! މޫސާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އާދެ! އަޅުގަނޑު އެބަހުރިން.⁠“


މާދަމާ ހެނދުނު ޠޫރުސީނާ ފަރުބަދައަށް އަރައި އަހަރެންގެ ގާތަށް ހާޒިރުވާން ތައްޔާރުގައި ހުރޭ.


ދެން މޫސާގެފާނު ދެ ހިލަގަނޑު ކޮށައިގެން ކުރީގެ ހިލަކޮޅުތައް ފަދައިން ތައްޔާރު ކުރައްވައިފިއެވެ. އަދި މާތްރަސްކަލާނގެ އެންގެވި ފަދައިން އެ ދެ ހިލަކޮޅު ހިއްޕަވައިގެން ހެނދުނުހެނދުނާ ޠޫރުސީނާ ފަރުބަދައަށް އަރާ ވަޑައިގެންފިއެވެ.


އަހަރެމެންގެ މީސްތަކުން އެކުގައި ހަނަފަސް ބިމަށް ގެނެސް އެމީހުންނާއި އެކުގަ އެތާނގައި ވީ މޫސާގެފާނު. އަދި ޠޫރުސީނާ ފަރުބަދައިގައި މާތްރަސްކަލާނގެ މަލާއިކަތާ އެކަލޭގެފާނަށް ދިރިހުރުން ލިބޭ މި ބަސްފުޅުތައް އަހަރެމެންނަށް އަންގައިދިނުމަށްޓަކައި ވިދާޅުވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ