ނެރުއްވުން 19:24 - ކިތާބުލް މުޤައްދަސާ24 މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.“ အခန်းကိုကြည့်ပါ။ |
”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ.
ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.