22 އަހަރެންނަށް ކުއްތަންވެ އުޅޭ އިމާމުންނަށް ވެސް މިސަރަހައްދަށް އާދެވޭނީ ނުހަނު ބޮޑަށް ސާފުތާހިރު ވެގެން. އެހެންނޫނީ އެމީހުން ވެސް ނެތި ހިނގައިދާނެ.“
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.“
ވީމާ ކަލޭމެން ތިމަންކަލާނގެއަށް ކިޔަމަންވެ ތިމަންކަލާނގެއާ އެކު ކުރެވިފައިވާ ޢަހުދުނާމާއަށް ރައްކާތެރިވާނަމަ، ހުރިހާ ޤައުމުތަކެއްގެ ތެރޭން ކަލޭމެން ވާހުށީ ތިމަންކަލާނގެއަށް ޚާއްސަ ކުރެވިފައިވީ ޚަޒާނާ ކަމުގައޭ. މުޅި މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިޔަކީ ތިމަން ކަލާނގެ ކަމުގައި ވިޔަސް،
ދެން އެކަލޭގެފާނު އިސްރާއީލީންގެ ފިރިހެން ޒުވާނުންތަކެއް ފޮނުއްވައި އެތަނުގައި އެންދުމުގެ ޤުރުބާނީއެއް ކުރެއްވިއެވެ. އަދި ގެރި ކަތިލައި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ވެސް މާތްރަސްކަލާނގެއަށް ހުށަހެޅުއްވިއެވެ.
ހަމައެވަގުތު ސަފީރާ މަރުވެގެން ވެއްޓުނެވެ. އަނާނިޔާހު ވަޅުލި މީހުން އައިސް ވަން އިރު ސަފީރާ މަރުވެގެން ވެއްޓިފާވާތަން ފެނި، އޭނާ ވެސް ނަގައިގެން ގެންގޮސް އޭނާގެ ފިރިމީހާ އަނާނިޔާހު އާއި ޖެހިގެން ވަޅުލިއެވެ.
އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.