21 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ދޭ ގޮސް ބުނޭ ’މާތްރަސްކަލާނގެ ދުށުމަށް ސަރަހައްދު ހުރަސްކޮށް ނާންނައްޗޭ.‘ އެހެންނޫނީ ވަރަށް ގިނަ ބަޔަކު މަރުވެދާނެ.
މޫސާގެފާނު ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”މިއީ އަޖައިބުވާވަރުކަމެއް! މި ގަސް ނައަނދަނީ ކީއްވެ؟ މިވާގޮތެއް ބަލަން ކައިރިއަށް ދާން ވެއްޖެ.“
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިޔަށް ވުރެ ކައިރިއަށް ނާދޭ! ކަލޭ އަރައިގެން ތިޔަ ހުރި ފައިވާނުން ފައިބާ! ކަލޭ ތިޔަ ހުރީ ޙުރުމަތްތެރި ބިމެއްގަ.
އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.“
އެކަމަކު ބައިތުޝަމްސުގެ ހަތްދިހަ މީހުން މަރުވެ ދިޔައެވެ. އެއީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ އެތެރެ ބެލުމުގެ ސަބަބުންނެވެ. މާތްރަސްކަލާނގެ އެމީހުންނަށް މި ދެއްވި ހަރުކަށި އަދަބާ މެދު މީހުން ދެރަވެ ރޮއި ކަރުނަ އެޅިއެވެ.