Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:20 - ކިތާބުލް މުޤައްދަސާ

20 މާތްރަސްކަލާނގެ ޠޫރުސީނާގެ ކުންނުމައްޗަށް ފައިބާ ވަޑައިގެން މޫސާގެފާނު އަރައި ވަޑައިގަތުމަށް ވަޙީ ކުރެއްވިއެވެ. އެހެންވެ މޫސާގެފާނު ފަރުބަދައިގެ ކުންނަށް އަރާ ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:20
12 ပူးပေါင်းရင်းမြစ်များ  

ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.


ދެން މޫސާގެފާނު މާތްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”⁠އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ.


ދެން މޫސާގެފާނު ފަރުބަދައަށް އަރާވަޑައިގަތުމުން ވިލާގަނޑަކުން އެ ފަރުބަދަ ފޮރުވިއްޖެއެވެ.


ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


މާދަމާ ހެނދުނު ޠޫރުސީނާ ފަރުބަދައަށް އަރައި އަހަރެންގެ ގާތަށް ހާޒިރުވާން ތައްޔާރުގައި ހުރޭ.


ދެން މޫސާގެފާނު ދެ ހިލަގަނޑު ކޮށައިގެން ކުރީގެ ހިލަކޮޅުތައް ފަދައިން ތައްޔާރު ކުރައްވައިފިއެވެ. އަދި މާތްރަސްކަލާނގެ އެންގެވި ފަދައިން އެ ދެ ހިލަކޮޅު ހިއްޕަވައިގެން ހެނދުނުހެނދުނާ ޠޫރުސީނާ ފަރުބަދައަށް އަރާ ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ