Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:19 - ކިތާބުލް މުޤައްދަސާ

19 ތާޅަފިލީގެ އަޑު ގަދަވަމުން ދިޔައެވެ. މޫސާގެފާނު ބަސްފުޅު ދެންނެވުމުން މާތްކަލާނގެ ވަޙީގެ ބަސްފުޅު އަންނަނީ ހޮނުގުގުރިއެއް ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:19
9 ပူးပေါင်းရင်းမြစ်များ  

އެއްވެސް މީހަކުވިޔަސް ޖަނަވާރަކުވިޔަސް އެދުވަހު ފަރުބަދައިގެ ސަރަހައްދަށް ވަދެގެން ނުވާނެއޭ. ވަދެއްޖެނަމަ ހިލަ އުކައި ތީރު ޖަހައި އެމީހަކު ނުވަތަ އެ އެއްޗެއް ނައްތާލެވެނެއޭ. ނުވަތަ މަރާލަން ވާނެއޭ. އެތަނަށް ވަނތް މީހެއް ނުވަތަ ޖަނަވާރެއްގެ ގައިގައި ވެސް އެކަކު ވެސް އަތްލައިގެން ނުވާނެއޭ.⁠‘ އެމީހުންނަށް ފަރުބަދަ މައްޗަށް އަރަން ވާނީ ފުއްލާދަޅުގެ ތާޅަފިލީގެ ދިގު ތޫލި އަޑު އިވެން ފެށީމާ.⁠“


ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.


އަދި ކަލޭމެން ތާޅަފިލީގެ އަޑާއި އުޑުން އިވުނު އަޑުތަކެއް ވެސް ނާހަމުއެވެ. އެއަޑުގެ ބިރުވެރިކަމުން ބަނީ އިސްރާއީލުން އެއަޑު ހުއްޓުވާ ދިނުން އެދި އާދޭސް ދެންނެވިއެވެ.


މި މަންޒަރުގެ ބިރުވެރިކަމުން މޫސާގެފާނު ބިރުފުޅުން ތުރުތުރުއެޅުއްވި ކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ