ނެރުއްވުން 19:18 - ކިތާބުލް މުޤައްދަސާ18 މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކުވިޔަސް ޖަނަވާރަކުވިޔަސް އެދުވަހު ފަރުބަދައިގެ ސަރަހައްދަށް ވަދެގެން ނުވާނެއޭ. ވަދެއްޖެނަމަ ހިލަ އުކައި ތީރު ޖަހައި އެމީހަކު ނުވަތަ އެ އެއްޗެއް ނައްތާލެވެނެއޭ. ނުވަތަ މަރާލަން ވާނެއޭ. އެތަނަށް ވަނތް މީހެއް ނުވަތަ ޖަނަވާރެއްގެ ގައިގައި ވެސް އެކަކު ވެސް އަތްލައިގެން ނުވާނެއޭ.‘ އެމީހުންނަށް ފަރުބަދަ މައްޗަށް އަރަން ވާނީ ފުއްލާދަޅުގެ ތާޅަފިލީގެ ދިގު ތޫލި އަޑު އިވެން ފެށީމާ.“
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.