Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:16 - ކިތާބުލް މުޤައްދަސާ

16 ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:16
31 ပူးပေါင်းရင်းမြစ်များ  

އެކަލާނގެ އުޑުތައް ވީއްދަވާލައްވައި ބިންމައްޗަށް ފައިބާ ވޮޑިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ވަނީ ކަޅު ވިލާތަކެވެ.


ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިންވަނައަށް ވާ ދުވަހަށް ތައްޔާރުވޭ. އެ ދުވަހާ ހަމަޔަށް އެކަކު ވެސް އަނބިފިރިކަމުގެ ގުޅުން ހިންގައިގެނެއް ނުވާނެ.⁠“


އޭރު މޫސާގެފާނު އެމީހުން ގޮވައިގެން މާތްކަލާނގެއަށް ކުއްތަންވުމަށް ވަޑައިގެން ޠޫރުސީނާ ފަރުބަދައިގެ ތިރީގައި ހުންނެވިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުން ދާނެ.⁠“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ.


ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.


ދެން އެމީހުން ބިރުން ކައިރިވާން ނުކެރިފައި ތިއްބާ، މާތްކަލާނގެ ވޮޑިގެން ވާ ކަޅުވިލާގަނޑުގެ ތެރެއަށް، މޫސާގެފާނު ވެދެ ވަޑައިގެންފިއެވެ.


އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އުޑާ ދިމާއަށް ދިއްކުރެއްވުމާއިއެކު ވިދާ ގުގުރައި ގަނޑުފެނުގެ ވާރޭ މުޅި މިޞްރުގެ ބިމަށް ވެހެން ފެށިއެވެ.


އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.⁠“


މި މަންޒަރުގެ ބިރުވެރިކަމުން މޫސާގެފާނު ބިރުފުޅުން ތުރުތުރުއެޅުއްވި ކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑު އަންނަމުން ދިޔައެވެ. އެ ތަޚުތުގެ ކުރިމަތީގައި އަލިފާން ރޯވެފައިވާ ހަތް ދަންމަރު ވިއެވެ. އެއީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅު ވެސްމެއެވެ.


އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ