Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:13 - ކިތާބުލް މުޤައްދަސާ

13 އެއްވެސް މީހަކުވިޔަސް ޖަނަވާރަކުވިޔަސް އެދުވަހު ފަރުބަދައިގެ ސަރަހައްދަށް ވަދެގެން ނުވާނެއޭ. ވަދެއްޖެނަމަ ހިލަ އުކައި ތީރު ޖަހައި އެމީހަކު ނުވަތަ އެ އެއްޗެއް ނައްތާލެވެނެއޭ. ނުވަތަ މަރާލަން ވާނެއޭ. އެތަނަށް ވަނތް މީހެއް ނުވަތަ ޖަނަވާރެއްގެ ގައިގައި ވެސް އެކަކު ވެސް އަތްލައިގެން ނުވާނެއޭ.⁠‘ އެމީހުންނަށް ފަރުބަދަ މައްޗަށް އަރަން ވާނީ ފުއްލާދަޅުގެ ތާޅަފިލީގެ ދިގު ތޫލި އަޑު އިވެން ފެށީމާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:13
11 ပူးပေါင်းရင်းမြစ်များ  

އެހެންވެ މޫސާގެފާނު އެމީހުންގެ ގާތަށް ވަޑައިގެން އެމީހުން އަޅުކަމަށް ތައްޔާރު ކުރުވައި އެމީހުންގެ އަންނައުނުތައް ސާފު ތާހިރު ކުރުވިއެވެ.


ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.


އޭރު މޫސާގެފާނު އެމީހުން ގޮވައިގެން މާތްކަލާނގެއަށް ކުއްތަންވުމަށް ވަޑައިގެން ޠޫރުސީނާ ފަރުބަދައިގެ ތިރީގައި ހުންނެވިއެވެ.


ތާޅަފިލީގެ އަޑު ގަދަވަމުން ދިޔައެވެ. މޫސާގެފާނު ބަސްފުޅު ދެންނެވުމުން މާތްކަލާނގެ ވަޙީގެ ބަސްފުޅު އަންނަނީ ހޮނުގުގުރިއެއް ފަދައިންނެވެ.


ކަލެއާއެކު އެކަކު ވެސް އައިސްގެން ނުވާނެ. އަދި އެ ފަރުބަދައިގެ މަތީ އެއްވެސް ހިސާބެއްގައި މީހަކު ހުރެގެން ނުވާނެ. ޖަނަވާރުތައް ވެސް ފަރުބަދަ ކާރީ ވިނަކާން ތިއްބަ ދީގެން ނުވާނެ.⁠“


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


އެހެނީ އެ ފަރުބަދައިގައި ޖެހޭ ހިސާބަށް ޖަނަވާރަކު އަޔަސް އޭތި މަރާލަން އެމީހުންނަށް އެންގިފާވެއެވެ. އެކަމަކު އެއަމުރުފުޅަށް ތަބާވުމަށް އެމީހުން ވަނީ ނުކުޅެދިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ