Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:11 - ކިތާބުލް މުޤައްދަސާ

11 ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:11
20 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އާދަމުގެދަރިން މި ބިނާކުރަމުން ދިޔަ ރަށާއި ބޮޑު އުސް ޢިމާރާތް ދެކެވޮޑިގަތުމަށްޓަކައި ފައިބާ ވޮޑިގެންނެވިއެވެ.


ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.


މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.


މާތްރަސްކަލާނގެ ޠޫރުސީނާގެ ކުންނުމައްޗަށް ފައިބާ ވަޑައިގެން މޫސާގެފާނު އަރައި ވަޑައިގަތުމަށް ވަޙީ ކުރެއްވިއެވެ. އެހެންވެ މޫސާގެފާނު ފަރުބަދައިގެ ކުންނަށް އަރާ ވަޑައިގެންނެވިއެވެ.


އެއާ އެކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ މަތިވެރި ނޫރުފުޅު ތޫރު ސީނާ ފަރުބަދަމަތީ ވޮޑިގެންފިއެވެ. ހަ ދުވަސް ވަންދެން އެ ފަރުބަދަ ހުރީ ވިލާގަނޑަކުން ފޮރުވިފައެވެ. ހަތް ވަނައަށް ވީ ދުވަހު މާތްރަސްކަލާނގެ އެ ވިލާގަނޑުގެ ތެރޭން މޫސާގެފާނަށް ހަނާއަޅުއްވައި ގެންދަވައިފިއެވެ.


އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


މާދަމާ ހެނދުނު ޠޫރުސީނާ ފަރުބަދައަށް އަރައި އަހަރެންގެ ގާތަށް ހާޒިރުވާން ތައްޔާރުގައި ހުރޭ.


ދެން މާތްރަސްކަލާނގެ ވިލާގަނޑެއްގެ ތެރޭން ފާޅުވެ ވޮޑިގެން އެކަލޭގެފާނުގެ ގާތުގައި ހުއްޓިވޮޑިގެންފިއެވެ. އެކަލޭގެފާނު އެކަލާނގެ ނަންފުޅު ”⁠ޔަހޫވޭ⁠“ އޭ ވިދާޅުވިއެވެ.


އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ.


އެއީ އަހަރެން ސުވަރުގެއިން އައިސް މިހިރީ އަހަރެންގެ އަމިއްލަ އެދުމަށް ކަންތައް ކުރާކަށް ނޫން. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ