Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 19:10 - ކިތާބުލް މުޤައްދަސާ

10 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ގޮސް އަހަރެން އަންނަތަނަށް ދާން އެމީހުން ތައްޔާރު ކުރޭ. މިއަދާ މާދަމާ އެމީހުން އަޅުކަމަށް ތައްޔާރުކޮށް އެމީހުންގެ ހެދުންތައް ދޮއްވައި ސާފުތާހިރުކުރުވާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 19:10
24 ပူးပေါင်းရင်းမြစ်များ  

އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ.


ޝާއުލްގެފާނުގެ ކާފަދަރި މަފީބޫޝަތު ވެސް ދާއޫދު ރަސްގެފާނުގެ ފައިންޕުޅުދެކެން އަތުވެއްޖެއެވެ. ރަސްގެފާނު ޖެރޫސަލަމުން ނުކުމެވަޑައިގަތީއްސުރެން އެކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގަންނަވަންދެން އޭނާގެ ފަޔަކަށް ފަރުވާލެއް ނުބަހައްޓައެވެ. މަތިމަހެއް ނުކޮށައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުމެއް ނުދޮވެއެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އާނއެކެވެ. އަމާންކަން މަތީގައެވެ. އަހަރެން މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރަން. ކަލޭމެން ސާފުތާހިރުވެ އަޅުކަމަށް ތައްޔާރުވެގެން އަހަންނާއެކު ޤުރުބާނީ ކުރަން އާދޭ.⁠“ ދެން އެކަލޭގެފާނު ޔައްސާ އާއި އޭނާގެ ދަރިން ސާފުތާހިރު ކުރުވައި ތައްޔާރު ކުރެއްވުމަށް ފަހު ޤުރުބާނީ ވެދުން ކުރުމަށް އެމީހުންނަށް ވެސް ދައުވަތު ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ