Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:8 - ކިތާބުލް މުޤައްދަސާ

8 މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެއަށް މާތްރަސްކަލާނގެ އިސްރާއީލީންނަށްޓަކައި މިޞްރުގައި ފިރުޢައުނާ މެދު ކުރެއްވި ހުރިހާ ކަމެއްގެ ވާހަކައާއި، އަދި އިސްރާއީލީން ދަތުރުކުރެއްވި މަގުމަތީގައި ދިމާވި ހުރިހާ ދަތިއުނދަގޫތަކުން އެކަލާނގެ އެމީހުންގެ ސަލާމަތް ކުރެއްވި ގޮތުގެ ވާހަކަ ކިޔާ ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:8
23 ပူးပေါင်းရင်းမြစ်များ  

ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.⁠“


އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ. އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބީ. އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން. އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން.


މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ކަނާތްޕުޅުގެ މަތިވެރި ބާރުފުޅު ކިހާގަދަ! އެ އަތްޕުޅުން ދުޝްމަނުންގެ ލަޝްކަރު އެއްކޮށް ފުނޑުފުނޑުކޮށްލެއްވި.


”⁠އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.⁠“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”⁠އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.⁠“


މޫސާގެފާނުގެ ބަފާކަލޭގެ، މިދްޔާންގެ އިމާމު، ޔަޘްރޫއަށް މޫސާގެފާނަށާއި ބަނީ އިސްރާއީލީންނަށް މާތްކަލާނގެ ކޮށްދެއްވި ކަންތަކުގެ ވާހަކަ އަޑު އިވިއްޖެއެވެ. ވަކިން ޚާއްސަކޮށް މާތްރަސްކަލާނގެ އެމީހުން މިޞްރުން ނެރުއްވި ގޮތުގެ ވާހަކައެވެ.


އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.


އަހަރެންގެ މަލާއިކަތާ ކަލޭމެންގެ ކުރީގައި ހުރެގެން އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ކަންޢާނީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް ދާނެ. އޭނާ އެތަނުގައި ކަލޭމެންނަށް އުޅެވޭނެ ގޮތް ހަދައިދޭނެ. އަދި އަހަރެން އެތަނުގައި ތިބި އެންމެން ނައްތާލަ ދޭނަން.


އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“


ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ