Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:7 - ކިތާބުލް މުޤައްދަސާ

7 ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:7
23 ပူးပေါင်းရင်းမြစ်များ  

ކަދަރްލަޢައުމަރް ރަސްގެފާނާއި އޭނާގެ ބައިވެރިންގެ ފަރާތުން ފަތަޙަ ލިބިވަޑައިގެން އަބްރާމް އެނބުރި ވަޑައިގަތުމުން، ޝަވާ ވާދީގައި (ރަދުންގެ ވާދީ) އަބްރާމް އާއި ބައްދަލު ކުރުމަށް ސަދޫމުގެ ރަސްގެފާނު ދިޔައެވެ.


އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


އަހަރެންގެ ކާފަދަރިންނާއި އަންހެން ދަރިންނަށް ވަދާޢުގެ ބޮސްދިނުމުގެ ފުރުސަތު ވެސް އަހަރެންނަށް ތިބާ ނުދިނީމު. ޙަޤީޤަތުގައި ތިޔަކުރީ ވަރަށް ތާކުންތާކު ނުޖެހޭ މޮޔަ ކަމެއް.


ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.


އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ.


އޭނާ އައުމުން ދާއޫދުގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ޔުއާބުގެ ހާލު ކިހިނެއްތަ؟ ހަނގުރާމަވެރިންގެ ކަންތައް ކިހިނެއް؟ ހަނގުރާމަ ދަނީ ކިހިނެއް؟⁠“


ޔަޘްރޫ މޫސާގެފާނަށް ޚަބަރު ފޮނުވިއެވެ. ”⁠ކަލޭގެ ބަފާކަލޭގެ ތިމަން ޔަޘްރޫ، ކަލޭގެ އަންހެނުންނާއި ދެ ދަރިން ގޮވައިގެން ކަލެއާ ބައްދަލު ކުރަން އެބައަންނަން.⁠“


އެމީހުން ތަނަކަށް ގޮސް ބަނޑަހަ ޖެހުމުން އެތަނާ ދުރުގައި މޫސާގެފާނުގެ ފޭލިގެކޮޅު ޖައްސަވައިފިއެވެ. މާތްރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދޭމީހަކު ނަމަ އެ ފޭލިގެކޮޅު ހުރި ހިސާބަކަށް ދަނީއެވެ. މި ފޭލިގެކޮޅަށް އެކަލޭގެފާނު ނަންދެއްވީ ”⁠ކުއްތަންވުމުގެ ފޭލިގެކޮޅު⁠“ އެވެ.


މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!⁠“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ.


ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ.


އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ.


ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.


އަދި މައިދާނުގައި ތިބި ހަނގުރާމަ ވެރިންގެ އިސް މީހާއަށް މި ދިހަ ޗީޒު ފަޅި ވެސް ގެންގޮސް ދީ. އަދި އަންނައިރު ކަލޭގެ ބޭބެމެން ހެޔޮހާލުގައި ތިބިކަން ދައްކައިދޭނެ ކޮންމެވެސް އެއްޗެއް ގެންނާތި.


ދާއޫދު ގެނައި ތަކެތި ބަނޑޭރިކަލޭގެއާ ހަވާލުކޮށްފައި ދުވެގޮސް އޭނާގެ ބޭބެމެންނާ ހަނގުރާމައިގެ މައިދާނުން ބައްދަލު ކޮށް ހާލު ކިހިނެއް ހޭ އަހައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ