6 ޔަޘްރޫ މޫސާގެފާނަށް ޚަބަރު ފޮނުވިއެވެ. ”ކަލޭގެ ބަފާކަލޭގެ ތިމަން ޔަޘްރޫ، ކަލޭގެ އަންހެނުންނާއި ދެ ދަރިން ގޮވައިގެން ކަލެއާ ބައްދަލު ކުރަން އެބައަންނަން.“
މޫސާގެފާނުގެ ބަފައިކަލޭގެ ޔަޘްރޫ ސަހަރާގެތެރެއަށް އައިސް މޫސާގެފާނާ ބައްދަލު ކުރިއެވެ. އޭނާއާއެކު މޫސާގެފާނުގެ އަނބިކަނބަލުންނާއި ދެދަރިކަލުން ވެސް ގެންނެވިއެވެ. އޭރު މޫސާގެފާނާއެކު އައި އެންމެން ތިބީ މާތްކަލާނގެ ފަރުބަދަ ކާރީ ފޭލިގެ ޖަހައިގެންނެވެ.
ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.
ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.