Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:3 - ކިތާބުލް މުޤައްދަސާ

3 މޫސާގެފާނުގެ ދޮށީ ދަރިކަލުން ޖަރުޝޫމު ވިހޭ ވަގުތު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ”⁠އަހަރެންނަކީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:3
8 ပူးပေါင်းရင်းမြစ်များ  

ދެން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ލިބި ވަޑައިގަތުމުން އެކަލޭގެފާނު އެ ދަރިކަލުންނަށް ޖަރުޝޫމުގެ ނަމުން ނަން ދެއްވިއެވެ. އެނަން ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ”⁠އަހަރެން މީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސަކީމު.⁠“


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.


މޫސާގެފާނަށް މި ބަހުގެ އަޑު އިވިވަޑައިގެން މިޞްރު ދޫކޮށް މިދްޔާން އޭ ކިޔުނު ރަށުގައި ބީރައްޓެއްސެގެ ގޮތުގައި ވަޒަންވެރިވެ ދިރިއުޅުއްވި. އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން އުފަންވީ އެ ރަށުގަ.


މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ