24 މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ބުނިބަސްތައް އެއްސެވިއެވެ. އަދި އެ ލަފާއާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ.
އަހަރެން މިބުނާ އެއްޗެއް އަޑުއަހާ. އަހަރެން ކަލެއަށް ރަނގަޅު ނަސޭހަތެއް ދޭނަން. ކަލެއާއެކު މާތްކަލާނގެ ވޮޑިގެން ވާށި! ކަލޭ އެމީހުންނާ މާތްކަލާނގެއާ ދެމެދު ވަކީލެއްގެ ގޮތުގައި ހުރޭ. އެމީހުން ގެންނަ މަސްއަލަތައް އެކަލާނގެއަށް ހުށަހަޅާ.
މި ގޮތަށް ކަލޭ ކަންތައް ކުރާނަމަ، އަދި މާތްކަލާނގެ މިގޮތާ ރުހިވޮޑިގަންނަވާނަމަ ކަލެއަށް ތިޔަ ކަންތައް އޮބި އޮންނަވަރު ވެދާނެ. އަދި ތިޔަ މީހުންނަށް ހަމަޖެހިލައިގެން ގެޔަށް ވެސް ދެވިދާނެ.“
އެކަލޭގެފާނު އިސްރާއީލުގެ މީހުންގެ ތެރޭން ކަމަށް އެކަށޭނަ މީހުން ހޮއްވަވައި އެމީހުންގެ ވެރިންގެ ގޮތުގައި ހަމަ ޖައްސަވައިފިއެވެ. އެކަލޭގެފާނު އެމީހުންގެ ކޮންމެ އެއްހާސް މީހަކަށް އަދި ސަތޭކަ މީހަކަށް އަދި ފަންސާސް މީހަކަށް އަދި ދިހަ މީހަކަށް ވެރިއެއް ލެއްވިއެވެ.
ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.