ނެރުއްވުން 18:23 - ކިތާބުލް މުޤައްދަސާ23 މި ގޮތަށް ކަލޭ ކަންތައް ކުރާނަމަ، އަދި މާތްކަލާނގެ މިގޮތާ ރުހިވޮޑިގަންނަވާނަމަ ކަލެއަށް ތިޔަ ކަންތައް އޮބި އޮންނަވަރު ވެދާނެ. އަދި ތިޔަ މީހުންނަށް ހަމަޖެހިލައިގެން ގެޔަށް ވެސް ދެވިދާނެ.“ အခန်းကိုကြည့်ပါ။ |
އެކަމަކު އެމީހުން ދެންނެވިއެވެ. ”ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.“
އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.“
މީހުންގެ މެދުގައި ޖެހޭ މަސްއަލަތައް ހައްލު ކުރަން އޭގެ މީހަކު އަބަދުވެސް ހުންނަން ޖެހޭނެ. އަދި ކަލެއާ ހަމަޔަށް ގެންނަން ވާނީ ހަމައެކަނި ބޮޑެތިކަންތައް ކަމަށް އަންގާ. ކުދި ކަންތައް އެ މީހުންގެ އިސްވެރިން ހަމަ ޖައްސަފާނެ. އެމީހުން އެގޮތުން މަސައްކަތް ކުރަން ފެށުމުން ކަލޭގެ މަސައްކަތް ލުއިވެގެން ހިނގައިދާނެ.
ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ.
އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.