Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:21 - ކިތާބުލް މުޤައްދަސާ

21 އެމީހުންގެ ތެރޭން މާތްކަލާނގެއަށް ބިރުވެތިވާ ތެދުވެރި ރިޝްވަތު ނުހިފާ ބަޔަކު ޚިޔާރު ކޮށް ކޮންމެ އެއްހާސް މީހެއްގެ މައްޗަށާއި ސަތޭކަ މީހެއްގެ މައްޗަށާއި ފަންސާސް މީހެއްގެ މައްޗަށް އަދި ކޮންމެ ދިހަ މީހެއްގެ މައްޗަށް އޭގެ ތެރޭން މީހަކު އިސްކުރޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:21
49 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ.


އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“


ދާއޫދުގެފާނުގެ މީހުން ގުނާ އެއްތަން ކުރައްވައިފިއެވެ. އެއީ ސަތޭކަ ސިފައިންގެ ފައުޖުތަކާއި އެއްހާސް ސިފައިންގެ ފައުޖުތަކެވެ. މިއިން ކޮންމެ ފައުޖަކަށް ވެސް އަމުރުކުރާނެ ސަރުދާރުން ލައްވައިފިއެވެ.


އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’⁠އިސްރާއީލުންގެ ހިލަ⁠‘ އަހަންނަށް އެންގެވިއެވެ. ’⁠އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.


މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”⁠ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި މާތްކަލާނގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.⁠“


އެކަލޭގެފާނު އިސްރާއީލުގެ މީހުންގެ ތެރޭން ކަމަށް އެކަށޭނަ މީހުން ހޮއްވަވައި އެމީހުންގެ ވެރިންގެ ގޮތުގައި ހަމަ ޖައްސަވައިފިއެވެ. އެކަލޭގެފާނު އެމީހުންގެ ކޮންމެ އެއްހާސް މީހަކަށް އަދި ސަތޭކަ މީހަކަށް އަދި ފަންސާސް މީހަކަށް އަދި ދިހަ މީހަކަށް ވެރިއެއް ލެއްވިއެވެ.


ޤައުމުގައި ހަމައެއް ލަމައެއް ނެތިއްޔާ ސަރުކާރު ފަސޭހައިން ވެއްޓެއެވެ. އިލްމާއި ހުނަރާއެކު ވިސްނުންތެރިން ޤައުމަށް މަސަލަސްކަން ގެނެއެވެ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެއްރަށެއްގައި ފަނޑިޔާރަކު އުޅުނު. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ބިރެއް ގަންނަ އަދި މީހުންނާއި ދޭތެރޭ ވެސް އަޅާލާ މީހެއް ނޫން.


ދުވަސްކޮޅަކު އޭނާ މިކަމާއި ދެކޮޅު ހެދި. ނަމަވެސް މި އަންހެން މީހާ ހުއްޓުމެއް ނެތި އަންނަމުން ދިޔަ. ދެން އެއްދުވަހަކު އޭނާގެ ހިތަށްއެރި. ’⁠އަހަރެން މާތްރަސްކަލާނގެ އާއި އަދި އިންސާނުންނާއި މެދު އަޅާނުލި ކަމުގައި ވިޔަސް


އަހަރެން ދުވަހަކު ވެސް އެއްވެސް މީހެއްގެ ލާރިއަކަށް ނުވަތަ އެއްޗިއްސަށް އެދި ކަމެއް ނުކޮށްދެން.


އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.


އޭނާ އަކީ މަސްތުވުމާއި އަނިޔާވެރިކަމާއި މަޖުބޫރުން ކަންތައްތައް ކުރުވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އޭނާއަކީ ހިތްހެޔޮ އަރާރުމަށް ލޯބިނުކުރާ އަދި ފައިސާ އާއި މުދަލަށް ދަހިވެތި ވެގެންނުވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ.


އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.


އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ