Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:19 - ކިތާބުލް މުޤައްދަސާ

19 އަހަރެން މިބުނާ އެއްޗެއް އަޑުއަހާ. އަހަރެން ކަލެއަށް ރަނގަޅު ނަސޭހަތެއް ދޭނަން. ކަލެއާއެކު މާތްކަލާނގެ ވޮޑިގެން ވާށި! ކަލޭ އެމީހުންނާ މާތްކަލާނގެއާ ދެމެދު ވަކީލެއްގެ ގޮތުގައި ހުރޭ. އެމީހުން ގެންނަ މަސްއަލަތައް އެކަލާނގެއަށް ހުށަހަޅާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:19
15 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.


އަޅުގަނޑަށް އެނގޭ ސާހިބު ރަސްގެފާނުގެ ބަސްފުޅުން އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބިއްޖެ. އެގޮތަކީ ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނަށް ރަނގަޅާއި ނުރަނގަޅު އެނގިވަޑައިގަންނަވާ. އަދި ކަލޭގެފާނުގެ އިލާހު މާތްރަސްކަލާނގެ ކަލޭގެފާނާ އެކުގައި ވާހުށި.⁠“


މޫސާގެފާނު ވިދާޅުވިއެވެ. ”⁠އެމީހުން އެއަންނަނީ މާތްކަލާނގެ އިރާދަފުޅަކީ ކޮބައިކަން އޮޅުން ފިލުވުމަށް.


އެމީހުންނަށް މާތްކަލާނގެ އަންގަވާ އެންގެވުމެއް އަންގައިދީ. އެކަލާނގެ ދެއްވާ އިރުޝާދުތައް އެމީހުންނަށް ދަސްކޮށްދީ. އެމީހުން ދިރިއުޅެންވާގޮތް އެމީހުންނަށް ކިޔައިދީ.


މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ބުނިބަސްތައް އެއްސެވިއެވެ. އަދި އެ ލަފާއާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ.


އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!⁠“


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“


މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“


ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން.


ހެޔޮ ވިސްނުމެއް ހުރި މީހެއް ނަމަ އޭނާ އެއަށް ވުރެން ހެޔޮވިސްނުން ހޯދާނެއެވެ. ހެޔޮ މީހާއަށް ބުނެދޭ އެއްޗަކުން އޭނާ އިތުރު ކަންތައް އުނގެނޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ