Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:16 - ކިތާބުލް މުޤައްދަސާ

16 އެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދޭއިރަށް އަހަރެންގެ ގާތަށް އެމީހުން އަންނާނެ. އެދެބައި މީހުންގެ ދެމެދުގައި ހިނގާ އަރައިރުން ހައްލު ކޮށްދެނީ އަހަރެން. އަހަރެން އެމީހުންނަށް އަންގައި ދެނީ މާތްކަލާނގެ އެކަމަކާ މެދު ފަރުޟު ކުރައްވައި ޝަރުޢު ކުރައްވާ ގޮތެއް. އަދި އަހަރެން އަންގައި ދެނީ އެކަލާނގެ ދެއްވާ އިރުޝާދުތައް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:16
20 ပူးပေါင်းရင်းမြစ်များ  

ދެން އަބްޝާލޫމް އެމީހެއްގެ ގާތު ބުނެފާނެއެވެ. ”⁠ކަލޭ ހުށަހަޅަން ތިޔަ އައީ ރަނގަޅު މަސްއަލައެއް. އެކަމަކު ރަސްގެފާނާ ހަމަޔަށް ތިޔަ ކަންތައް ގެންދާނެ މީހަކު ނުހުންނާނެ.⁠“


”⁠ތިޔައީ އަދި ރަނގަޅު ގޮތެއް ނޫން.⁠“ މޫސާގެފާނުގެ ބަފާކަލޭގެ ދެންނެވިއެވެ.


އޭގެ އަނެއް ދުވަހު އެކަލޭގެފާނު އެތަނަށް ވަޑައިގެންނެވިއިރު ޢިބްރާނީންގެ ދެމީހަކު ތަޅާފޮޅަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މޫސާގެފާނު އެދެމީހުންގެ ތެރޭން ދެކޮޅުވެރިކަން ފެށިމީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ކީއްވެތަ އަމިއްލަ މީހެއް ގައިގައި ތިޔަ ތަޅަނީ؟⁠“


އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.


މޫސާގެފާނު ބޮޑުންނަށް މިހެން ވިދާޅުވިއެވެ. ”⁠އަހަރެމެން އަންނަންދެން ނުގޮސް މިތަނުގައި މަޑު ކުރާތި. ހާރޫނާއި ހޫރު ވެސް ކަލޭމެންގެ ގާތު ތިބޭނެ. އަހަރެން ނެތީސް ދެބައެއްގެ ދެމެދުގައި ދެކޮޅުވެރިކަމެއް ހިނގައިފިނަމަ އެ ދެމީހުންނާ ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރޭ.⁠“


އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ